twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ފިތުރު ޒަކާތް ބަލައިގަތުން އޮންނާނީ އަމީރު އަމީން ސްކޫލުގައި!

ނަބީލާ އިސްމާޢީލް
Apr 3, 2022
1

މި އަހަރުގެ ރަމާޟާންމަހު ފިތުރުޒަކާތް ބަލައިގަތުން، މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން 12:00 އަށް އަމީރު އަމީން ސްކޫލުގައި އޮންނާނެ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތް ނެރެންވާނީ އަހަރު ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ.

އެގޮތުން ކުޅުދުއްފުށީގައި ޒަކާތް ބަލައިގަންނަމުން ދާނީ އާދައިގެ ހަނޑޫން، ފުއް ނަމަ މީހަކަށް 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫނަމަ މީހަކަށް 77 ރުފިޔާ، ބާސްމަތީ ހަނޑޫނަމަ މީހަކަށް 77 ރުފިޔާ، އަދި ރަތް ހަނޑޫނަމަ މީހަކަށް 72 ރުފިޔާގެ ރޭޓުންނެވެ. އަދި އާޓް ފުށުންނަމަ މީހަކަށް ދައްކަންޖެހެނީ 75 ރުފިޔާ އެވެ.

ޒަކާތް ދައްކަން ދާއިރު އެމީހަކު ދައްކަންޖެހޭ އަދަދަށް ފައިސާ ހަމައަށް ހިއްފައިގެން ދިއުމަށް ކައުންސިލުންވަނީ އެދިފަ އެވެ.

ޒަކާތް ދެއްކުމުގައި ވަރަށް ގިނަފަހަރު އޮޅިގެން އެއްގެއަކަށް ދެފަހަރަށް ޒަކާތް ދެއްކޭގޮތް މެދުވެރިވާތީ، ޒަކާތް ދެއްކުމުގެ ކުރިން އެގެއަކުން ޒަކާތް ދައްކާފައި ނުވާކަން ޔަގީންކުރައްވައި ޒަކާތް ދެއްކުމަށް ވެސް ކައުންސިލުން ވަނީ އެދެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355