twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތަސްލީމާގެ ބަދިގެ: ޕުރޮޓީން ޗިކަން ރޯލް

ނަބީލާ އިސްމާޢީލް
Apr 5, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ޕުރޮޓީން ޗިކަން ރޯލް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ރޯދަ ވީލާގަޑީގައި ކާލަން ވަރަށް މީރު ޑިސް އެކެވެ.

ބޭނުންވާނެ ތަކެތި:

  • 250ގ ބޯންލެސް ކުކުޅު
  • 1 މ ސަމްސާ ތެޅިމިރުސް
  • 3 ލޮނުމެދު (ގާނާފަ)
  • 1 ފިޔާ (ގާނާފަ)
  • 1/2 ސ ސަމްސާ މުގުރި ދިރި
  • 1/2 ސ ސަމްސާ މުގުރި އަސޭމިރުސް
  • 1/2 ސ ސަމްސާ މުގުރި ކޮތަނބިރި
  • 1/2 ލުނބޯ
  • ލޮނު (ރަހަލާވަރަށް)
  • 3 ކުލައިގެ ބެލްޕެޕާރ (ކޮށާފަ)
  • 1 ފިޔާ (ކޮށާފަ)
  • 5 ޕަރާޓާ (ފިހެލާފަ)

ސޯސްގަނޑު ހެދުމަށް (1 ތަށި ޕްލޭން ޔޯގަޓް، 1 ލޮނުމެދު، 1 ސ ސަމްސާ ގާލިކް ޕައުޑަރ، ލުނބޯހުތްކޮޅެއް، ކުޑަ ކޮރިއަންޑާ ފަތް ކޮޅެއްލާފައި މިކްސްޗަރއިން ގިރާލީމަ ނިމުނީ އެވެ.

މަސްގަނޑު ތައްޔާރުކުރާނެ ގޮތް:

ބޯންލެސް ކުކުޅު ކޮޅު ކޮށާފައި ތެޅިމިރުސް، ލޮނުމެދު، ފިޔާ ދިރި، އަސޭމިރުސް، ކޮތަނބިރި، ލުނބޯހުތް، އަދި ލޮނު ލާފައި އެއްކޮށްލާފަ އިރުކޮޅަކު ބަހައްޓާލާށެވެ. އެއަށްފަހު ތަވަޔަށް ތެޔޮފޮދެއް އެޅުމަށްފަހު ކުކުޅުކޮޅު ރޯފިލުވާލާށެވެ. ކުކުޅުކޮޅު ރޯފިލުމުން ބެލް ޕެޕާ އަދި ފިޔާ ކޮޅު އަޅާ މީރު ކޮށްލާށެވެ. އެއަށްފަހު ފަރާޓާ މައްޗަށް މަސްކޮޅެއް އެޅުމަށްފަހު ތައްޔާރުކުރި ސޯސްގަނޑުން އެތިކޮޅެއް އަޅާ ފަރާޓާ ރޯލް ކޮށްލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355