twitterviber whatsapp telegramfacebookyoutube instagram
9th November 2026

ތަސްލީމާގެ ބަދިގެ: ކަށިކެޔޮ ޕަންޗް

ނަބީލާ އިސްމާޢީލް
Apr 5, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ ކަށިކެޔޮ ޕަންޗް ތައްޔާރުކުރާނެ ގޮތެވެ. މިއީ ރޯދަ ވީލާ ވަގުތަށް ނުވަތަ ތަރާވީސް ގަޑިއަށްވެސް ނޫނީ ހާރުދަމު ބޯލަންވިޔަސް ވަރަށް މީރު ބުއިމެކެވެ.

ބޭނުންވާ ތަކެތި:

  • 5 ވަށް މެލޭޝިއާ ކަށިކެޔޮ (ދޮން ކުލައިގަ ހުންނަ ކަށިކެޔޮ)
  • 500 މލ ސްޕްރައިޓް
  • 1000މލ ފެން
  • ހަކުރު ފޮނިރަހަލާ ވަރަށް
  • 1 ލުނބޯ

ތައްޔާރުކުރާނެ ގޮތް:

ކަށިކެޔޮ ކޮޅު ކޮށާލުމަށްފަހު، މިކްސްޗަރަށް އަޅާ، ފެނާއި ހަކުރު އަޅާ ރަނގަޅަށް ގިރާލުމަށްފަހު ފުރާނާލާށެވެ. އެއަށްފަހު ސްޕްރައިޓް އަދި ލުނބޯ ހުތްކޮޅު އެއްކޮށްލާށެވެ. މި ބުއިން މީރުވާނީ ވަރަށް ފިނިކޮށްލައިގެނެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293