twitterviber whatsapp telegramfacebookyoutube instagram
8th September 2024

ހައި ސްޕީޑް ފެރީ ދަތުރުތައް މިމަހު ފަށަނީ، ފުރަތަމަ ފަށަނީ ހދ ގައި

Apr 5, 2022
3

ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ރަސްމީކޮށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި ފަށާ މި ހިދުމަތުގެ ދަށުން ހައި ސްޕީޑް ފެރީ މެދުވެރިކޮށް ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ހުރިހާ ރަށްތަކެއް ގުޅާލުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޓްރާންސްޕޯޓް ލިންކްގެ ދަށުން އެންމެ ފުރަތަމަ މަރުޙަލާގައި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޒޯން އެކެއްގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގައެވެ. މީގެތެރެއިންވެސް އެންމެ ފުރަމަ ފަށައިގަތުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުގައެވެ.

ހދ.އަތޮޅުގައި ގާއިމުކުރާ ޓާމިނަލްތަކުގެ ތެރެއިން ކުޅުދުއްފުށީ ޓާމިނަލްގެ މަސައްކަތްވަނީ ނިމިފައެވެ. ހަނިމާދޫގައި ޓާމިނަލްގައި މިހާރު ކުރިއަށްދަނީ ފަރުނީޗަރު ހަމަކުރުމުގެ މަސައްކަތެވެ.

ފެރީ ދަތުރުތައް މި މަހު ހދ. ގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު ހއ. އަދި ށ. އަތޮޅުގެ މި ހިދުމަތް މެއި ނުވަތަ ޖޫންމަހު ފެށޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ފުރަތަމަ ފޭސްގައި ހއ. ހދ. އަދި ށ.އަތޮޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 40 ޓާމިނަލްއެވެ. މީގެތެރެއިން މައި 8 ޓާމިނަލްގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި 30 ޓާމިނަލަކީ އެތަންތަނުގެ ސްޓްރަކްޗަރ ކުޅުދުއްފުށީގައި ތައްޔާރުކޮށްގެން ގެނެސް ރަށްރަށުގައި ރާވާގޮތަށް ހަމަޖައްސާފައިވާ ޓާމިނަލްތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ.

ގައުމީ ފެރީ ހިދުމަތް ފެށުމަށްވަނީ ރާއްޖެ 6 ޒޯންއަކަށް ބަހާލާފައެވެ. ފުރަތަމަ މަރުޙަލާގައި ހިމެނޭ ޒޯން އެކެއްގެ 3 އަތޮޅުގައި ހިދުމަތް ފެށުމަށް 17 ފެރީއެއް ވަނީ ބަނދެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355