twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނެޝަނަލް ޓްރޭޑް ޓެސްޓިންގ ސެންޓަރެއްގެ ގޮތުގައި ރެޖިސްޓަރ ވުމަށް ފެނަކައިން އެއްބަސްވުމެއްގައި ސޮއިކޮށްފި

Apr 6, 2022

މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ދަށުން، ނެޝަނަލް ޓްރޭޑް ޓެސްޓިންގ ސެންޓަރ އެއްގެ ގޮތުގައި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސަރޗް އިން މަސައްކަތުގެ މާހައުލުގައި ތަމްރީނާއި ތަޖުރިބާ ލިބި ސެޓްފިކެޓާއި ލައިސަންސް ނެތް ފަރާތްތަކަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން، ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސަރޗް އަދި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފެނަކައަކީ ސަތޭކަ ޕަސެންޓް ދިވެހި މުވައްޒަފުންގެ މައްޗަށް ގާއިމްކުރެވިފައިވާ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާއި ހަމައަށް ދިވެހި ރައްޔިތުންނަށް ސާބިތުކަންމަތީގައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަމަށާއި މި ކުންފުނީގެ ތެރެއިން 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި އުފަންވެގެން އައި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސަރޗް އަކީ ފެނަކައިގެ މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ތަޢުލީމާއި ތަރުބިއްޔަތު އަދި އެކަން ފާހަގަކޮށްދޭ ލިޔެކިޔުންތައް ލިބިގެންވާ މަސައްކަތައް ޤާބިލް އެކަށީގެންވާ މުވައްޒަފުންނަށް ހެދުމުގެ މަޤްޞަދުގައި އުފެދިގެން އައި އިންސްޓިޓިއުޓެއްކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

އެގޮތުން ފެނަކަ އިންސްޓިޓިއުޓް އިން މިވަގުތުވެސް އަންނަނީ ފެނަކައިގެ މުވައްޒަފުންނަށް ނޭޝަނަލް ލެވެލް 3 ގެ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯހުގެ އެކި ބެޗްތައް ހިންގަމުންނެވެ. މި ކޯހުން ދަސްވެނިވާ ބައިވެރިންނަށް ލިބިގެންދާނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޖެނެރަލް ހައުސް ވައިރިންގ ލައިސަންސެވެ.

މީގެ އިތުރުން ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިން އެންޑް ރިސަރޗް އިން ފެށުމަށް ރޭވިފައިވާ ކޯސްތަކުގެ ތެރޭގައި، ނޭޝަނަލް ސެޓްފިކެޓް 3 އިން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސަރވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ފެނަކައިގައި މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ މުވައްޒަފުންނަށް ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތައް އިތުރު ހަލުވިކަމާއި ކުރި އެރުން ލިބިގެން ދާނެއެވެ.

ފެނަކައިގެ މުވައްޒަފުންނަށް މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާ މިފުރުސަތުތަކަކީ އެ މުވައްޒަފުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިޔުމަށް އެޅިގެންދާ ބިންގަލެކެވެ. ސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކަށް ދިޔުމަށް މުވައްޒަފުންނަށް ފުރުސަތު ފަހިވުމުގެ އިތުރަށް، މި އެއްބަސްވުމުގެ ދަށުން ފެނަކައިގެ ހުރިހާ މުވައްޒަފުން ވެގެންދާނީ މަސައްކަތުގެ ދާއިރާއިން އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ އަދި ސެޓްފިކެޓް ލިބިގެންވާ ޤާބިލު ފަރާތްތަކަށްކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355