މި މަހު ރާއްޖެއަށް ވަރަށް ހޫނު ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރު ހޫނުވާ މިންވަރު އިތުރުވަނީ މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހްސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށެވެ.
އޭޕްރީލް މަހަކީ ކޮންމެ އަހަރަކުވެސް އެންމެ ހޫނު ގަދަ މަސް ކަމަަށެވެ. އަދި މި މަހުގެ މެންދުރު އިތުރަށް ހޫނު ގަދަވާނެ ކަމަށާއި އެ ގޮތުން ކޮންމެ ދުވަހެއްގެ އެންމެ ހޫނު ވާނީ މެންދުރު ދޭއްޖަހާއިރު ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އާންމު ވައިބާ ގުރޫޕުގައި ކޮންމެ ދުވަހަކު އެގާރައާއި ދޭއް ޖަހާއިރު އަދި ހަވީރު ފަހެއް ޖަހާއިރު ފަސް ސްޓޭޝަންގެ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާންމު ކުރަމުންދާނެ އެވެ.