twitterviber whatsapp telegramfacebookyoutube instagram
22nd March 2026

ތަސްލީމާގެ ބަދިގެ: ޕެރި ޕެރީ ޗިކަން

ނަބީލާ އިސްމާޢީލް
Apr 9, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ޕެރި ޕެރީ ޗިކަން ތައްޔާރު ކުރާނެ ގޮތެވެ.

  • 1 ކިލޯ ކުކުޅު (4 ފަޅި ކޮށްލާފައި ޅިޔަ ޖަހާލާފަ)
  • 1 ރަތް ބެލްޕެފާ
  • 4 ލޮނުމެދު
  • 1 ކުޑަ ފިޔާ
  • 4 ތޮޅި މިރުސް
  • 1 މ ސަމްސާ ތެޅި މިރުސް
  • 2\1 ސ ސަމްސާ މުގުރި އަސޭމިރުސް
  • ލޮނު (ރަހަލާވަރަށް)
  • 2 ސަމްސާ ވިނިގާރ
  • ފުޑް ކަލަރ/ ރަތް ކުލަ ( ބޭނުން ނަމަ)

ތައްޔާރުކުރާނެ ގޮތް:

ސޯސްގަނޑު ތައްޔާރު ކުރުމަށް ކުކުޅުނޫން ދެން ހުރި ހުރިހާ އެއްޗެށް މިކްސްޗަރ އަށް އަޅާ ރަނގަޅަށް ހިމުންކޮށްލާ ޕޭސްޓް ގަޑެއް ހަދާލާށެވެ. އެއަށްފަހު ރަނގަޅަށް ކުކުޅު ކޮޅުގައި ސޯސްގަނޑު ހާކާލުމަށް ފަހު 30 މިނެއްޓުވަންދެން މެރިނޭޓް ކުރުމަށް މަތި ބަންދުކޮށްލާފައި ބަހައްޓާލާށެވެ.
އެއަށްފަހު އަވަނުން ނޫނީ އެއާ ފުރެޔާއިން ފިހެލާށެވެ. މިއީ ރޮށި ނޫނީ ޕަރާޓާ އެކީ ކާލަންވެސް ވަރަށް މީރުކޮށް ކުކުޅު ހަދާލެވިދާނެ ގޮތެކެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355