twitterviber whatsapp telegramfacebookyoutube instagram
29th March 2024

ތަސްލީމާގެ ބަދިގެ: ގާލިކް ޗިކަން ބްރެޑް

ނަބީލާ އިސްމާޢީލް
Apr 10, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ގާލިކް ޗިކަން ބްރެޑް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ރޯދަ ވީލާ ވަގުތަށް ނުވަތަ ތަރާވީސް ގަޑިއަށްވެސް ވަރަށް މީރު ޑިސްއެކެވެ.

ފުއްގަނޑަށް ބޭނުންވާ ތަކެތި:

  • 1/2 2 ޖޯޑު ފުއް
  • 1 ޖޯޑު ކިރު
  • 1 މ ސަމްސާ ލޮނު
  • 1/2 މ ސަމްސާ އީސްޓް
  • 1/2 މ ސަމްސާ ހަކުރު
  • 2 މ ސަމްސާ ބަޓަރު

ސްޓަފިންއަށް ބޭނުންވާ ތަކެތި:

  • 1 ފިޔާ (ކުދިކޮށް ކޮށާފަ)
  • 1 މިރުސް (ކުދިކޮށް ކޮށާފަ)
  • 1 ބެލްޕެޕާ (ކުދިކޮށް ކޮށާފައި)
  • ލޮނު (ރަހަލާވަރަށް)
  • 1/2 ޖޯޑު މޮޒެރެއްލާ ޗީޒް (ގާނާފަ)
  • 1 ޖޯޑު ބޯންލެސް ޗިކަން (ކައްކާފަ)
  • ލޮނުމެދު (ވަރަށް ހިމުންކޮށް ކޮށާފަ)
  • 3 މ ސަމްސާ ބަޓަރ

ތައްޔާރުކުރާނެ ގޮތް:

ފުއްގަނޑު ތައްޔާރުކުރަން ބޭނުންވާ އެއްޗެހި އެކޮށްލާ ފުއްގަނޑު މޮޑެލާށެވެ. ސްޓަފިން ތައްޔާރު ކުރުމަށް ފިޔާ، ބެލްޕެޕާ، ލޮނު، މިރުސް ރަނގަޅަށް މޮޑެލާފަ ކައްކާފަ ހުރި ކުކުޅުމަސް ކޮޅުވެސް ކުދިކުދި ކޮށްލާފައި ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ގާނާފައި ހުރި ޗީޒްކޮޅު އެއްކޮށްލާށެވެ. ފުއްގަނޑު 4 ބަޔަށް ބައިކޮށްލާފައި ކޮންމެ ފުއްގަނޑެއްގެ ތެރެއަށް މަސްގަނޑުލާފައި މަސްރޮށި ގޮތައް ދަމާލާށެވެ. އެއަށްފަހު ވަޅިއަކުން މަތީގައި ޅިޔަ އަޅާލާށެވެ. ލޮނުމެދު ކޮޅާއި ބަޓަރ އެއްކޮށްލާފައި ފުއްގުޅަ މަތީ ހާކާށެވެ. އެއަށްފަހު އަވަނުން ފިހެލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355