twitterviber whatsapp telegramfacebookyoutube instagram
25th September 2026

ތަސްލީމާގެ ބަދިގެ: މިކްސް ފުރުޓް ސަރުބަތު

ނަބީލާ އިސްމާޢީލް
Apr 10, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ މިކްސް ފުރުޓް ސަރުބަތު ތައްޔާރު ކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލާގަޑީގައި ބޭނުންކޮށްލަން ވަރަށް ފައިދާހުރި ބުއިމެކެވެ.

ބޭނުންވާ ތަކެތި:

  • 5 ތަށި ކިރު
  • 1 ދޮން އަނބު (ތޮށިމަށާފައި)
  • 1/2 ޖޯޑު ހަކުރު
  • 2 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފުރެސް ފުރުޓް (އާފަލު، ފޭރު، މޭބިސްކަދުރު، ދޮންކެޔޮ، އޮރެންޖް އަންނާރު)
  • 1/2 ބޭސްލޭ ސީޑް (ފެނު އަޅާފަ މާލައްވާފަ ހުރި)
  • އައިސް ކިއުބް

ތައްޔާރުކުރާނެ ގޮތް:

މިކްސްޗަރއަށް ކިރު، ހަކުރު އަދި އަނބު ކޮޅު އަޅާ ގިރާލާފަ ޖަގަކަށް ފުރާނާލާށެވެ. އެއަށްފަހު ބާކީ ހުރި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293