twitterviber whatsapp telegramfacebookyoutube instagram
9th August 2026

ތަސްލީމާގެ ބަދިގެ: ޗޮކްލެޓް ޕުޑިން

ނަބީލާ އިސްމާޢީލް
Apr 12, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ ޗޮކްލެޓް ޕުޑިން ތައްޔާރު ކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލާގަޑީގައިވެސް ބޭނުންކޮށްލަން ވަރަށް މީރު ޕުޑިން އެކެވެ.

ބޭނުންވާނެ ތަކެތި:

  • 500 މލ ކިރު
  • 4 މ ސަމްސާ ކޮކޯ ޕައުޑަރ
  • 1/2 ޕެކެޓް މާރީ ބިސްކޯދު
  • 3 މ ސަމްސާ ހަކުރު
  • 2 މ ސަމްސާ ބަޓަރ
  • 2 މ ސަމްސާ ކޯން ފުލާ

ތައްޔާރުކުރާނެ ގޮތް:

މިކްސްޗަރއަށް ބިސްކޯދު، ބަޓަރ އަދި 2 ސަމްސާ ކޮކޯ ޕައުޑަރ އަޅާ ރަނގަޅަށް ހިމުން ކޮށްލާށެވެ. އެއަށްފަހު ތަވަޔަށް ކިރު، ކޯންފުލާ އަދި 2 ސަމްސާ ކޮކޯ ޕައުޑަރ އަޅާ އޮލަވަންދެން ކައްކާލާށެވެ. އެއަށްފަހު އެހެން ތަވައެއްގައި ހަކުރުކޮޅު ބުރައުން ކޮށްލާފައި ކުރިން ކެއްކި ބަޔާ އެއްކޮށްލާށެވެ. ދެން ކުޑަ ޓްރޭއަކަށް ބިސްކޯދުކޮޅު އަޅާ ރަނގަޅަށް އެއްވަރުކޮށްލާފައި ޕުޑިންކޮޅު އޭގެ ތެރެއަށްއަޅާ ލެވެލް ކޮށްލާފައި ފިނިކޮށްލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355