twitterviber whatsapp telegramfacebookyoutube instagram
28th April 2024

ތަސްލީމާގެ ބަދިގެ: ޗިކަން ޗައުމިން

ނަބީލާ އިސްމާޢީލް
Apr 12, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ޗިކަން ޗައުމިން ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

  • 1/2 ޕެކެޓް ސްޕެގެޓީ (ކައްކާފަ)
  • 2 ސ ސަމްސާ އޮއިސްޓަރ ސޯސް
  • 3 ސ ސަމްސާ ސޯޔާ ސޯސް
  • 1 ސ ސަމްސާ ވިނެގަރ
  • 2 ސ ސަމްސާ ޗިލީ ގާލިކް ސޯސް
  • 1/2 ސަމްސާ ހަކުރު
  • 1 ޖޯޑު ކުކުޅު (ކުދިކޮށް ދިގުކޮށް ކޮށާފަ)
  • 1 ބެލްޕެޕާރ (ދިގުކޮށް ތުނިކޮށް ކޮށާފަ)
  • 1/2 ޖޯޑު ކެބެޖް (ދިގުކޮށް ތުނިކޮށް ކޮށާފަ)
  • 1 ފިޔާ (ކޮށާފަ)
  • 1 ކުޑަ ކެރެޓް (ދިގުކޮށް ތުނިކޮށް ކޮށާފަ)
  • 1 ސ ސަމްސާ ޖިންޖާ ގާލިކް ޕޭސްޓް
  • ލޮނު
  • 2 ސ ސަމްސާ ރާޅުކޮށް މުގުރާފަ ހުރި ހިކިމިރުސް
  • 2 މ ސަމްސާ ތެޔޮ
  • މުގުރި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

ކުކުޅު ކޮޅާއި، ޖިންޖާރ ގާލިކް ޕޭސްޓް އަދި މުގުރި އަސޭމިރު އަދި ލޮނު އެޅުމަށްފަހު 30 މިނެޓް ވަންދެން މެރިނޭޓް ކޮއްލަން ބަހައްޓާށެވެ. މެރިނޭޓް ވުމުން ތަވަޔަށް ތެޔޮ އަޅާ ތެޔޮފޮދު ހޫނުވުމުން ކުކުޅު ކޮޅު އަޅާ މުށިކުލަ އަންނަންދެން ހަނާކޮށްލުމަށްފަހު ބެލްޕެޕާ، ފިޔާ، ކެބެޖް، ކެރެޓް، މުގުރި ހިކިމިރުސް އަޅާ ރަނގަޅަށް ރޯފިލުވާލާށެވެ. އެއަށްފަހު ކައްކާފަ ހުރި ސްޕެގެޓީ ކޮޅު އަޅާލާށެވެ. ދެން އޮއިސްޓަރ ސޯސް، ސޯޔާ ސޯސް، ވިނެގަރ، ޗިލީ ގާލިކް ސޯސް އަދި ހަކުރު ކޮޅު ވަކިން ތައްޓެއްގައި ރަނގަޅަށް އެއްކޮށްލުމަށްފަހު ސްޕެގެޓީ ގަނޑުތެރެއަށް އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355