twitterviber whatsapp telegramfacebookyoutube instagram
23rd October 2025

އަލީފުށީ އެއާޕޯޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

ނަބީލާ އިސްމާޢީލް
Apr 12, 2022

ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މި މަހު 9 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި ވާނެ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާއި ހަވާލުކުރި އެމަޝްރޫއުގެ ދަށުން، އަލިފުށީގެ 50.5 ހެކްޓަރގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.


އެގޮތުން 10 ހެކްޓަރގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކުރެވިގެން ހިއްކޭބިމެވެ. އަދި، 40.5 ހެކްޓަރގެ ބިމަކީ އެއާޕޯޓް ތަރައްގީކުރުމަށް ހިއްކި ބިމެކެވެ.

އެ މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއެއް ގާއިމްކޮށް، އެއާޕޯޓެއް ތަރައްގީކުރެވިގެން ދާނެއެވެ. އަދި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމެންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއް ގާއިމްކުރެވިގެން ދާނެއެވެ.

އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 750 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 451،615،528.48 ރުފިޔާއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355