twitterviber whatsapp telegramfacebookyoutube instagram
20th March 2026

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓް އާންމުކުރަނީ

ޚަދީޖާ އާދަމް
Apr 13, 2022

ކުރީ ސަރުކާރުގެ ހިޔާނާތްތައް ބެލުމަށް މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ މަަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އާންމު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

މިހާރު އުވާލާފައިވާ އެ ކޮމިޝަނަކީ ޖަނަވަރީ 1 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހުގީގު ކުރުމުގެ ނަމުގައި އުފެއްދި ކޮމިޝަނެކެވެ.

އެ ކޮމިޝަނުން ކޮށްފައިވާ މަަސައްކަތްތަކުގެ ތަފްސީލް ހޯދުމަށް އާންމު ފަރާތަކުން އެދުމާއި ގުޅިގެން އެ ފަރާތަށް ރަައީސް އޮފީހުން ދިން ޖަވާބުގައި ބުނެފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމާއި ހަމައަށް އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އާންމު ކުރުމަށް ނިންމާފައިވާ ކަަމަށެވެ.

އެ ކޮމިޝަން ރައީސް ސޯލިހް އުފެއްދެވީ ވެެރިކަމުގެ ފުރަތަމަ ދުވަހު ނޮވެންބަރު 17، 2018 ވީ ހޮނިހިރު ދުވަހު އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 14/2018 އިން އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މާޗް 17، 2022 ގައި އުވާލައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355