twitterviber whatsapp telegramfacebookyoutube instagram
1st February 2026

އާސަންދައިން މިހާރު ނުލިބޭ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސަނީ

ޚަދީޖާ އާދަމް
Apr 13, 2022

އާސަންދަ އިން މިހާރު ނުލިބޭ ސިއްހީ ހިދުމަތްތައް ލިބޭނެ ގޮތެއް ހަމަޖެއްސުމަށް އެކަމާ ގުޅޭ ސިޔާސަތު ދިރާސާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ އާސަންދަ އިން އެހީތެރިކަން ލިބެންޖެހޭ މުހިއްމު ކަންކަމުގައި އެހީ ނުލިބި އެބަހުރި ކަމަށާއި އަދި އެފަދަ ކަންކަމުގައި އެހީ ނުލިބޭތީ އެކަމާ އެތައް ބަޔަކު ސުވާލުކުރާ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އާސަންދައިގެ ސިޔާސަތަށް ބަދަލެއް ގެނައުމަށްޓަކައި އާސަންދަ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެކަމުގައި ސަރުކާރުގެ ނިންމުންތައް ހިމެނޭ ގޮތަށް ރިޕޯޓެއް އެކުލަވާލުމަށްފަހު މަޖިލީހަށް ފޮނުއްވާނެކަމަށާއި އާސަންދަ އިން ހިދުމަތް ހޯދުމުގައި އެތައް މައްސަލަތަކެއް ހުރި ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެކި ބަލިތަކަށް ފަރުވާ ދިނުމަށް އާސަންދަ އިން 1.2 ބިލިއަން ރުފިޔާ އަހަރަކު މިހާރު އެވްރެޖުކޮށް ހަރަދުކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355