twitterviber whatsapp telegramfacebookyoutube instagram
29th March 2026

ތަސްލީމާގެ ބަދިގެ: ރޯސްސިރަޕް މިލްކްޝޭކް

ނަބީލާ އިސްމާޢީލް
Apr 13, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ ރޯސްސިރަޕް މިލްކްޝޭކް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލާގަޑީގައި ބޭނުންކޮށްލަން ވަރަށް މީރު ބުއިމެކެވެ.

ބޭނުންވާ ތަކެތި:

  • 1/2 ޖޯޑު ފިނިކޮށްފަ ހުރިކިރު
  • 4 މ ސަމްސާ ރޯސް ސިރަޕް
  • 1 ސްކޫޕް ވެނީލާ އައިސްކްރީމް
  • އައިސްކިއުބް

ތައްޔާރު ކުރާނެ ގޮތް:

މިކްސްޗަރ އަށް ކިރު، ރޯސް ސިރަޕް އަދި އައިސްކްރީމް އަޅާ ގިރާލާށެވެ. އެއަށްފަހު މިލްކް ޝޭކް އަޅަން ބޭނުންވާ ތައްޓަށް އައިސްކިއުބް އެޅުމަށްފަހު ގިރި މިލްކް ޝޭކް އަޅާލާށެވެ. އަދި ބޭނުންނަމަ މައްޗަށްވެސް އައިސްކްރީން ކޮޅެއް އަޅާލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355