twitterviber whatsapp telegramfacebookyoutube instagram
25th September 2026

ތަސްލީމާގެ ބަދިގެ: ޗީޒީ ސްވީޓްކޯން ކަޓްލެޓްސް

ނަބީލާ އިސްމާޢީލް
Apr 16, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ޗީޒީ ސްވީޓްކޯން ކަޓްލެޓްސް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ނުވަތަ ތަރާވީސް ވަގުތު ކާލަންވިޔަސް ވަރަށް މީރު ހެދިކާ އެކެވެ.

ބޭނުންވާ ތަކެތި:

  • 1 ދަޅު ސްވީޓް ކޯން
  • 1 ދަޅު މަސް
  • 1/2 ގާނާފަ ހުރި މޮޒެރެއްލާ ޗީޒް
  • 1 ފިޔާ
  • 1ގިތެޔޮ މިރުސް
  • 1/2 ލުނބޯ
  • ލޮނު (ރަހަލާވަރަށް)
  • ފާރޮށި ކުނޑި
  • 2 ބިސް
  • ތެޔޮ
  • 1 ޕާން

ތައްޔާރުކުރާނެ ގޮތް:

މަސްދަޅު، ފިޔާ، މިރުސް، ލުނބޯ، އަދި ލޮނުއެޅުމަށްފަހު ރަނގަޅަށް މޮޑެލާފަ އެއަށްފަހު އޭގެތެރެއަށް ގާނާފަ ހުރި ޗީޒްކޮޅާއި ސްވީޓް ކޯން ކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ޕާންފޮތި ރޮށިދަމާ އެއްޗަކުން ދަމާލާފައި ކޯންއެއްހެން ރޯލްކޮށްލާފަ ފެންފޮދެއްލައި ތަތްކޮށްލާށެވެ. މިގޮތަށް ކޯންތައް ތައްޔާރުކޮށްލާފަ މަސްގަނޑު އަޅާފަ ކޮޅު ބައްދާލާށެވެ. އެއަށްފަހު ވަކިން ތައްޓެއްގައި ބިސް ގިރާލާފަ ކޯންތައް ބިހަށްލާފައި ފާރޮށި ކުނޑި ހާކާލާފައި މުށިކުލަ އަންނަންދެން ތެލުލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293