twitterviber whatsapp telegramfacebookyoutube instagram
4th May 2024

7 ރަށެއްގައި ހޮސްޕިޓަލް ހަދަން ކުވައިތު ފަންޑުގެ އެހީ ލިބިއްޖެ

ނަބީލާ އިސްމާޢީލް
Apr 16, 2022

އަތޮޅު ތެރޭގެ 7 ރަށެއްގައި ހޮސްޕިޓަލް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއަށް ކުވައިތު ފަންޑުން ދިނުމަށް ހަމަޖެހިފައިވާ އެހީ، މިހާރު ލިބިފައިވާކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކުރީ މި މަހު 6 ވަނަ ދުވަހުއެވެ.

ހދ. ހަނިމާދޫއާއި ށ.މިލަންދޫއާއި ނ.ވެލިދޫއާއި، ކ.ތުލުސްދޫއާއި، އދ.މާމިގިލީއާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުށީގައި މި ޕްރޮޖެކްޓްތައް ހިންގަނީ "ދަ ކުވެއިތް ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް"ގެ އެހީގައެވެ.

މި މަސައްކަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ ޕްރޮޖެކްޓްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ދޭކަމަށާއި ކުވައިތު ފަންޑުގެ ފަރާތުން ދޭންޖެހޭ އެހީއާއި ގުޅޭ މަސައްކަތްތައްވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތައް މިއަހަރު ފެށާނެ ކަމަށެވެ.

މި ރަށްތަކުގެ ހޮސްޕިޓަލް މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ. މި ޕްރޮޖެކްޓަށް ބިޑް ހުޅުވުން އޮންނާނީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

ސަރުކާރުން ރާއްޖޭގެ 5 ސަރަހައްދުގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އާބާދީ އިތުރުވަމުން އަންނަ ރަށްރަށުގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުކުރުމާއި، އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އެކްސްޓެންޝަން މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355