twitterviber whatsapp telegramfacebookyoutube instagram
24th June 2026

ތަސްލީމާގެ ބަދިގެ: ލެމަން ރައީސް

ނަބީލާ އިސްމާޢީލް
Apr 17, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ލެމަން ރައީސް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ޑެވިލްޑް ފިސް، ޑެވިލްޑް ސޮސެޖް، ޗިލީ ޗިކަން ފަދަ ސައިޑް ޑިސްއަކާ އެކީ ކާލަން ވަރަށް މީރު ކެއުމެކެވެ.

ބޭނުންވާނެ ތަކެތި:

  • 2 ޖޯޑު ބާސްމަތީ ހަނޑުލު ބަތް (ކައްކާފަ)
  • 1 ފިޔާ (ހިމުންކޮށް ކޮށާފަ)
  • 4 ތޮޅިމިރުސް (ކޮށާފަ)
  • 1 ލުނބޯގެ ތޮށި ގާނާފަ
  • 1 ލުނބޯގެ ހުތް
  • 1/2 މ ސަމްސާ މަސްޓަޑް ސީޑް
  • 1 ސ ސަމްސާ ކޮރިއަންޑާ ފަތް
  • ލޮނު
  • ކުޑަ ރީނދޫ ކޮޅެއް (ބޭނުން ނަމަ)
  • ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ތަވާ އުނދުން މައްޗަށް އުދުމަށްފަހު ތެޔޮފޮދުއަޅާ ހޫނުވެލުމުން މަސްޓަޑު ސީޑް ކޮޅުއަޅާށެވެ. އެއަށްފަހު ފިޔާ އަދި މިރުސް އެއްކޮށްލާ ރަނގަޅަށް ހަނާކޮށްލާށެވެ. ދެން ގާނާފަހުރި ފިޔާކޮޅާއި ކޮރިއަންޑާ ފަތްކޮޅު އެއްކޮށްލުމަށްފަހު ރީނދޫކޮޅާއީ ލޮނބޯހުތް ޖެހުމަށްފަހު މަޑުގިނީގައި 5 ވަރަކަށް މިނެޓް ހަނާކޮށްލާށެވެ. އެއަށްފަހު ކައްކާފައި ބަތްކޮޅު ރަނގަޅަށް އެއްކޮށްލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355