twitterviber whatsapp telegramfacebookyoutube instagram
2nd May 2026

ކްލަބް ކޮރަލްސް މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލައިފި

Apr 18, 2022

ކްލަބް ކޮރަލްސްއިން އިންތިޒާމްކޮށްގެން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެވަނަ އީދު ދުވަހުއެވެ.

ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭސް 2022 ނަމުގައި ކުރިއަށް ގެންދާ މި މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ ކުޅުދުއްފުށީ އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންނަށެވެ.

އެގޮތުން ބައިވެރިވެވޭނީ 5-12 މެންބަރުންގެ ޓީމަކަށެވެ. ފިރިހެން އަދި އަންހެން ދެ ޖިންސް ހިމެނޭގޮތަށް ޓީމް ހެދޭނެ އެވެ. ރޭހުގައި ބައިވެރިވުމުގެ ފީއަކީ 500 ރުފިޔާއެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ގޫގުލް ފޯމެއް ފުރައިގެންނެވެ. ފޯމް ލިންކު ޕޯސްޓުގައި ހިމަނާފައިވާއިރު ބައިވެރިވުމުގެ ސުންގަޑިއަކީ 21 އޭޕްރިލް ވާ ބުރާސްފަތި ދުވަހުގެ 18:00 އެވެ.

މުބާރާތުގައި އެއްވަަނަ، ދެވަނަ އަދި ތިންވަނަ ޓީމް ހޮވަން ހަމަޖެހިފައިވާއިރު، އަންހެން އަދި ފިރިހެން ބައިން އެންމެ މޮޅު ކެޔޮޅު ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބޮޑު މަސް، އެންމެ ބަރު މަސް ބާނާ ބައިވެރިޔާވެސް ހޮވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355