twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހައިޑްރޯގްރެފިކް ސާވޭއަށް އިންޑިޔާ ސިފައިން އަތުވެއްޖެ

ޚަދީޖާ އާދަމް
Apr 19, 2022

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޯގްރެފިކް ސާވޭގައި ހަރަކާތްތެރިވުމަށް އިންޑިއާ ސިފައިންގެ ޝިޕް "ސަތުލެޖް" ރާއްޖެއަށް އައިސްފި އެވެ.

ހައިޑްރޮގްރެފިކް ސާވޭއަކީ 2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ސާވޭ އެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައިޑްރޯގްރެފިކް ސާވޭގައި ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށް ސާވޭ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މި ސާވޭގެ ދަށުން ރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހަދާނެ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.

އެމްއެންޑީއެޕްއިން މީގެ ކުރިން ބުނީ މި ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޖެނުއަރީ މަސްތެރޭ މި ސާވޭ ފެށުމަށް އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ވެސް ވަނީ ރާއްޖެ އައިސްފައެވެ.

އެ ސާވޭ ދަތުރު ކުރިއަށް ގެންދިޔައީ 31 ޖެނުއަރީ އިން ފެށިގެން އަންނަ މާޗް 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ފަހަރު ހދ އަތޮޅުގެ ސާވޭ ކުރިއަށް ގެންގޮސްފަ އެވެ.

މި ސަރވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހާދިސާތަކުން އޮޑިވެރިންނަށް ގެއްލުން ލިބުމުގެ ފުރުސަރު ކުޑަކުރެވިގެންދާނެކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355