twitterviber whatsapp telegramfacebookyoutube instagram
20th April 2024

މެއި އިންޓޭކުގައި ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުން ބެޗެލަރ އޮފް ސައިކޮލޮޖީ އޮންލައިންކޮށް ހެދުމުގެ ފުރުސަތު

Apr 19, 2022

މެއި އިންޓޭކުގައި ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުން ބެޗެލަރ އޮފް ސައިކޮލޮޖީ އޮންލައިންކޮށް ހެދުމުގެ ފުރުސަތު އޮންނާނެކަމަށް އެ ކޮލެޖުން ބުނެފި އެވެ.

މަތީ ތައުލީމާއި ތަމްރީނު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމާއި، ޒަމާނީ ފެންވަރު ހުރި ކޯސްތައް ތައާރަފްކުރުމުގެ މަގުސަދުގައި ވިލާ ކޮލެޖުން 2020 ވަނަ އަހަރު ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފް.އީ.އެސް) އިން ތައާރަފްކޮށްފައިވާ ބެޗެލަރ އޮފް ސައިކޮލޮޖީ ކޯހަކީ، ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމާއި ތަމްރީނު ލިބިފައި ތިއްބެވި މާހިރުންގެ ލަފަޔާއި އިރުޝާދުގެ އިތުރުން ބައިނަލް އަގުވާމީ މިންގަނޑުތަށް އަސްލަކަށް ބަލައިގެން ފަރުމާކުރެވިފައިވާ ކޯހެކެވެ.

ވަކީން ހާއްސަކޮށް ދާއިރާގެ މާހިރުންގެ އެޕްރޫވަލް ލިބިފައިވާ ކޯހަކަށް މި ކޯސް ވެގެންދާކަމީ، ކޯހަށް ޝައުޤުވެރިވާ ފަރާތްތަކަށް ލިބިގެންދާނޭ ނުހަނު ބޮޑު ހިތްހަމަޖެހުމެއްކަމަށް އެ ކޮލެޖުން ދެކެ އެވެ. 2022 ވަނަ އަހަރުގެ މެއި އިންޓޭކުގައި މި ކޯސް އޮންލައިންކޮށް ފުރިހަމަކުރުގެ ފުރުސަތު މިހާރު ވަނީ މި ކޮލެޖުން ހުޅުވާލާފައެވެ.

އަދި މި ކޯހުގެ އިތުރުން ސައިކޮލޮޖީގެ ފައުންޑޭޝަން ކޯހުގެ ކިޔެވުންވެސް މިހާރު އޮންލައިންކޮށް ކުރިއަށް ގެންދެވޭނެކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ.

ބެޗެލަރ އޮފް ސައިކޮލޮޖީ ކޯހަކީ ވިލާ ކޮލެޖުގެ އެހެނިހެން ކޯސްތަކެކޭ ވެސް އެއްގޮތަށް ދާއިރާގެ ޕީ.އެޗް.ޑީ ނުވަތަ މާސްޓާސް ޑިގްރީ ހާސިލުކުރައްވައިގެން ތިއްބެވި ގާބިލު ބޭފުޅުން ލެކްޗަރކުރައްވާނެ ކޯހެއްކަމުގެ ޔަގީންކަން އެ ކޮލެޖުން ދެއެވެ.

ވިލާ ކޮލެޖުގެ ބެޗެލަރ އޮފް ސައިކޮލޮޖީ ކޯސް ހަދާ ދަރިވަރުންނަށް، ކޯހުގެ ތެރެއިން އަމަލީ ތަޖުރިބާ ލިބިގަތުމަށް ފުރުސަތު ހޯދައިދިނުމުގެ އިންތިޒާމު ވެސް ކޮލެޖް މެދުވެރިވެގެން ހަމަޖެހިގެންދާނެކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ. އަދި މި ކޯސް ނިންމާ ދަރިވަރުންނަށް މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީވެވޭނެ އެވެ.

މީގެ އިތުރުން އެ ކޮލެޖުން ބުނީ ދަރިވަރުންނަކީ ސައިކޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވުމުގެ އިތުރުން ހެލްތް ކެއާ، ޝަރުޢީ ދާއިރާ، ތައުލީމީ ދާއިރާ، ފައިނޭންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ރިސާޗް، އަދި ސަރުކާރުގެ ތަފާތު ވުޒާރާތަކުގައި ވަޒިފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިކޯހުގައި ކިޔަވާދެއްވާނީ ފޮރެންސިކް ސައިކޮލޮޖީ،ކްލިނިކަލް ސައިކޮލޮޖީ އަދި ކައުންސެލިން ސައިކޮލޮޖީ ފަދަ ދާއިރާތަކުން މާސްޓާސް އަދި ޕީ.އެޗް.ޑީ ހާސިލްކޮއްފައިވާ ތަޖުރިބާކާރު ގާބިލު ފަރާތްތަކުން ކަމަށް އެ ކޮލެޖުން ބުނެ އެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ 30 އެޕްރިލް 2022 ވާ ހޮނިހިރު ދުވަހެވެ. ކޯސްތަކުގެ ކިޔެވުން، މެއި މަހުގެ 3 ވަނަ ހަފްތާ ތެރޭގައި ފެށޭނެއެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ ގޮތް ވަނީ އިންތިޒާމް ކުރެވިފައެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައިވާކަމަށް އެ ކޮލެޖުން ބުނެ އެވެ.

ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެ އެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅައި ނުވަތަ ވައިބާރ ކޮށްގެންވެސް ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355