twitterviber whatsapp telegramfacebookyoutube instagram
7th September 2026

ތަސްލީމާގެ ބަދިގެ: ސިމްޕަލް ގާލިކް ނާން

ނަބީލާ އިސްމާޢީލް
Apr 19, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ ސިމްޕަލް ގާލިކް ނާން ތައްޔާރުކުރާނެ ގޮތެވެ. މިއީ ބަޓާ ޗިކަން ފަދަ ޑިސްތަކާއެކު ކާލަން ވަރަށް މީރު ކެއުމެކެވެ.

ބޭނުންވާނެ ތަކެތި:

  • 3 ޖޯޑު ފުއް
  • 3 ސ ސަމްސާ ޕްލެއިން ޔޯގަޓް
  • 1/2 ސ ސަމްސާ ލޮނު
  • 1 ސ ސަމްސާ ލޮނު
  • ފެން (ފުއްގަނޑު މޮޑެން)
  • 3 ސ ސަމްސާ ލޮނުމެދު ( ހިމުންކޮށް ކޮށާފަ)
  • 4 ސ ސަމްސާ ބަޓަރ ނުވަތަ ގީ
  • 1 ސ ސަމްސާ ބޭކިން ޕައުޑަރ

ތައްޔާރުކުރާނެ ގޮތް:

ބޭކިން ޕައުޑަރ، ފުއް، ލޮނު، ޔޯގަޓް، ތެޔޮ، އަދި ފެން އެޅުމަށްފަހު ފުއްގަނޑު މޮޑެލާށެވެ. ފުއްގަނޑު މޮޑުމަށްފަހު މަތިޖަހާފަ 30 މިނެޓް ވަންދެން ބަހައްޓާލާށެވެ. ދެން ބަޓަރ އަދި ލޮނުމެދުކޮޅު އެހެން ތައްޓެއްގައި އެއްކޮށްލާށެވެ. ރޮށިފިހަން ފުއްގުޅަ ޖަހާވަރަށްވުރެން ބޮޑުކޮށް ފުއްގުޅަ ހެދުމަށްފަހު އޯވަލް ޝޭޕްއަށް ދަމާލާށެވެ. ތަތްނުލަވާ ތަވާއެއްގައި ފިހެލާށެވެ. ހޫނުކޮށް ހުއްޓާ ގާލިކް ބަޓަރ ރޮށީގެ އެއްފުށުގައި ހާކާލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355