twitterviber whatsapp telegramfacebookyoutube instagram
29th May 2026

ވާދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Apr 19, 2022

ގދ ވާދޫގައި ސަރުކާރުން ގާއިމް ކުރައްވާ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެކަމަށްޓަކައި އިއްޔެ އެރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ. މި ރަސްމިއްޔާތުގައި ވާދޫ ކައުންސިލް މެމްބަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 04 މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަރ ޓެސްޓްކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެއީ އެމްޑަބްލިއުއެސްސީ އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ފެނުގެނިޒާމް ގާއިމްކޮށް ނިމުމާއެކު އެރަށުގައި ގޭގޭގައި ޑިސްޕެންސަރ ބަހައްޓައިގެން ބޭނުންކުރެވޭގޮތަށް 18 ލިޓަރ ފުޅީގައި ފެން ބަންދުކޮށް ފޯރުކޮށްދޭން ފެނަކައިން ފަށާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355