twitterviber whatsapp telegramfacebookyoutube instagram
21st February 2026

މި އަހަރު ރާއްޖެއަށް ދެނީ 453 ހައްޖު ކޯޓާ

ޚަދީޖާ އާދަމް
Apr 23, 2022

މިއަހަރު ހައްޖަށް ފުރުސަތު ދޭ މިންވަރު މަަދުކޮށްފައިވުމުންގެ ސަބަބުން ރާއްޖެއަށް ލިބެނީ 453 ކޯޓާ ކަމަށް ސައުދީ ސަރުކާރުން ކަނޑައަޅައިފި އެވެ.

މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެންމެ މަދުން ކޯޓާ ލިބޭ ފަހަރެވެ. ސައުދީ ސަރުކާރުން މިހާރު ވަނީ މި އަހަރު ހައްޖު މޫސުމުގައި ގައުމުތަކަށް ކޯޓާ ދޭ އަދަދު ހާމަކޮށްފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވީ ރާއްޖެއަށް ލިބޭ ކޯޓާގެ މަދުވިނަމަވެސް އިތުރު ކޯޓާ ލިބޭތޯ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ސައޫދީ އަރަބިއްޔާއިން މި އަހަރު ފުރުސަތު ދޭނީ އެއްމިލިއަން ހައްޖުވެރިންނަށް ކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ބުނެފައެވެ. ސައޫދީގައި ހައްޖު އިންތިޒާމްކުރާ އިދާރާތަކުން ބުނާ ގޮތުން އެއްމިލިއަން ހައްޖުވެރިންނަށް މިއަހަރު ފުރުސަތު ދިން ނަމަވެސް، އެކަން ހިނގައި ދާނީ އެގައުމަކަށް ކޯޓާ ދޫކޮށްފައި އޮންނަ އުސޫލުން އެ ތަރުތީބުންނެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި ސައޫދީ އަރަބިއްޔާއަށް އެތެރެވުން ވަރަށް ބޮޑަށް ހަރުކަށިކޮށްފައި އޮތުމަށް ފަހު މިހާރު ވަނީ ދޫދޭން ފަށާފަ އެވެ. މި އަހަރު ރޯދަ މަހު އުމްރާވެރިންނަށް ވެސް ވަނީ ވަރަށް ބޮޑަށް ލުއި ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355