twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ތަސްލީމާގެ ބަދިގެ: ޗީޒީ ބުރެޑް ޕުޑިން

ނަބީލާ އިސްމާޢީލް
Apr 24, 2022
1

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ ޗީޒީ ބުރެޑް ޕުޑިން ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

  • 6 ފޮތި ޕާން (ބަޓަރ ހާކާފަ، ކުދިކޮށް ކޮށާފަ)
  • 1/2 ޖޯޑު ދިޔާ ކިރު
  • 1/2 ޖޯޑު ފެން
  • 2 ބިސް
  • 4 މ ސަމްސާ ގާނާފަހުރި ޗީޒް

ތައްޔާރުކުރާނެ ގޮތް:

ބިސް، ކިރު، ފެން މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލާށެވެ. ބޭކިން ޓުރޭގައި ބަޓަރ ހޭކުމަށްފަހު ޕާންކޮޅުތައް އަޅާ އެއްވަރުކޮށްލާށެވެ. އެއަށްފަހު މިކްސްޗަރުން ގިރާލި ބައި މައްޗަށްއަޅާލާމަށްފަހު މައްޗަށް ޗީޒްކޮޅު އަޅާލާ އެއްވަރުކޮށްލާށެވެ. ދެން މައްޗަށް ބުރައުންކުލަ އަންނަންދެން އަވަނުން ފިހެލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355