twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފެނަކައިގެ ހަތް ވަނަ އާއިލީ ޤުރުއާން މުބާރާތް ނިންމާލައިފި

Apr 24, 2022
1

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާއަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ފެނަކަ އާއިލީ ޤުރުއާން މުބާރާތުގެ ހަތް ވަނަ މުބާރާތް ރޭ ނިންމާލައިފި އެވެ.

ފެނަކައިން ބުނީ، މިއީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައީދު މުޙައްމަދުގެ ހާއްސަ އިސްނެންގެވުމަކަށް 2019 ވަނަ އަހަރު، ކުންފުނީގެ ރެކްރިއޭޝަން ކުލަބުން ބާއްވަން ފެށި މުބާރާތެއް ކަމަށެވެ.

ކޮންމެ އަހަރަކުވެސް މި މުބާރާތް ބާއްވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހުޅުވާލެވިގެންނެވެ. އެގޮތުން މިއަހަރު ރަމަޟާން މަހު ވަނީ ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި އެ މުބާރާތް ކުރިއަށް ގެންގޮސްފަ އެވެ.

މިއަހަރުގެ މުބާރާތް ފެށީ ށ. އަދި ނ. އަތޮޅަށް ހާއްސަކޮށްގެން ށ. މިލަންދޫގަ އެވެ. ދެން ބޭއްވީ ގއ. އަދި ގދ. އަތޮޅަށް ހާއްސަކޮށްގެން ގއ. ވިލިނގިލީގަ އެވެ. އަދި މުބާރާތް ނިންމާލުން އޮތީ ރޭ މާލޭގަ އެވެ.

ރާއްޖޭގެ ތިން ސަރަހައްދުގައި ބޭއްވިގެން ދިޔަ ތިން މުބާރާތުގައި ފެނަކަ އާއިލާއަށް ނިސްބަތްވާ ޖުމްލަ 423 ކުދިން ބައިވެރިވެފައިވާކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

ކުރީ އަހަރާ ހިލާފަށް، މި އަހަރު ބޭއްވުނު މުބާރާތްތަކަށް ފައިސާގެ އިނާމް ވަނީ ބޮޑުކޮށްފައެވެ.

މި މުބާރާތުގައި، ކޮންމެ ސަރަހައްދެގައި މުބާރާތުގެ ގޮފި ތަކުން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވާ، ސެޓްފިކެޓާއި ޓްރޮފީ ދީފައިވެއެވެ.

ކޮންމެ ސަރަހައްދެގައި މުބާރާތުގެ، މުޅި މުބާރާތުން އެއް ވަނައަށް 15000 ރުފިޔާ، ދެ ވަނަ އަށް 10000 ރުފިޔާ އަދި ތިން ވަނަ އަށް 5000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދީފައިވެއެވެ.

މި މުބާރާތުގެ، މުޅި މުބާރާތުން އެއް ވަނަ ހޯދާފައިވަނީ އައިމިނަތު އައިނީ އަޙުމަދެވެ. މުޅި މުބާރާތުން ދެ ވަނަ ހޯދާފައިވަނީ އައިޝަތު އީކާ މުޖުތަބާއެވެ. އަދި މުޅި މުބާރާތުން ތިން ވަނަ ހޯދާފައިވަނީ ފާތިމަތު ޝައިފާ މުޙައްމަދު ސިޔާމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355