twitterviber whatsapp telegramfacebookyoutube instagram
26th July 2026

ގްރީން ފަންޑުގައި ބާކީ ހުރީ 775 މިލިއަން ރުފިޔާ

Apr 25, 2022

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑުގައި މިހާރު ބާކީ ހުރީ 775 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކުރާ ގްރީން ފަންޑުގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު މި ފަންޑަށް ޖަމާވެފައިވަނީ 186 މިލިއަން ރުފިޔާ އެވެ. ފެބްރުއަރީ މަހު ވަކިން 91.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މި މުއްދަތުގައި މި ފަންޑުން 119 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި ފަންޑުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫއު ތަކަށެވެ.

މި މުއްދަތުގައި ގެސްޓްހައުސްތަކުން ލިބިފައިވަނީ 2.9 މިލިއަން ރުފިޔާ އެވެ. އަދި ރިސޯޓްތަކުން 84.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ސަފާރީ އުޅަނދު ފަހަރުން ގްރީން ޓެކުހަށް ލިބިފައިވަނީ 1.9 މިލިއަން ރުފިޔާ އެވެ. އަދި ހޮޓާ ތަކުން 1.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355