twitterviber whatsapp telegramfacebookyoutube instagram
26th April 2024

ތަސްލީމާގެ ބަދިގެ: ޗިކަން މޮމޯސް

ނަބީލާ އިސްމާޢީލް
Apr 25, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ޗިކަން މޮމޯސް ތައްޔާރު ކުރާނެ ގޮތެވެ.

ފުއްގަނޑަށް ބޭނުންވާނެ ތަކެތި:

  • 1/2 1 ޖޯޑު ފުއް
  • ލޮނު
  • ފެން
  • 1 ސ ސަމްސާ ތެޔޮ

ސްޓަފިންއަށް ބޭނުންވާނެ ތަކެތި:

  • 1 ޖޯޑު މުގުރާފަ ހުރި ބޯންލެސް ކުކުޅު
  • 1/2 ސ ސަމްސާ ލޮނު
  • 2 ސ ސަމްސާ ތެޔޮ
  • 1 ސ ސަމްސާ ސޯޔާސޯސް
  • 1/2 ސ ސަމްސާ މުގުރި އަސޭމިރުސް
  • 1/2 ސ ސަމްސާ ލޮނުމެދު (ގާނާފަ)
  • 2 ތޮޅިމިރުސް
  • 2 ސ ސަމްސާ ސްޕްރިންގ އޮނިއަން (ކޮށާފަ)

ތައްޔާރުކުރާނެ ގޮތް:

ފުއްގަނޑު މޮޑެން ބޭނުންވާ ތަކެތި ބޭނުންކޮށްގެން އެހާ ހަރު އަދި މަޑު ނޫން، މީޑިއަމް ވަރަކަށް ފުއްގަނޑު މޮޑެލާފަ މަތި ބަންދުކޮށްލާފަ 15 ވަރަކަށް މިނެޓް ބަހައްޓާލާށެވެ. ދެން އެއްޗެއްގައި ތެޔޮ ފިޔަވާ ސްޓަފިންއަށް ބޭނުންވާ އެހެން އެއްޗެހި އެކޮށްލާށެވެ. އެއަށްފަހު ތަވަޔެއް އުންދުންމައްޗަށް އުދުމަށްފަހު ތެޔޮފޮދުއަޅާ ހޫނުވުމުން އެއްކޮށްލި ސްޓަފިންތައް ތެޔޮފޮދުތެރެއަށް އަޅާލާ ރަނގަޅަސް އެއްކޮށްލާށެވެ. އެއަށްފަހު ފުއްގަނޑުން ގުޅަހެދުމަށްފަހު މޮމޯސް ތައްޔާރުކުރާށެވެ. އަތުން މޮމޯސް ހަދަން ނޭގޭނަމަ ޕެޓީސް ތައްގަނޑެއް ބޭނުންކޮށްގެން ތައްޔާރުކޮށްލާފައި 15 ވަރަކަށް މިނެޓް ވަންދެން އާވިން ކައްކާލާށެވެ. މޮމޯސްއާއި އެކު ޗިލީ އޮއިލް ޑިޕެއްގެ ގޮތުގައި ބޭނުންކުރެވިދާނެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355