ކަރަންޓްގެ ހިދުމަތް މަތިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާދަމާ ކުޅުދުއްފުށީގެ ބޮޑު ސަރަހައްދަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.
ފެނަކަ އިން ބުނީ ވަގުތީގޮތުން ކަރަންޓްގެ ހިދުމަތް މެދުކަނޑާލަނީ 6 ނަމްބަރު ސަބްސްޓޭޝަންގައި އަލަށް ބެހެއްޓި ޓްރާންސްފޯމަރަށް ކޭބަލް ގުޅުމުގެ މަސައްކަތް ކުރުމަށްޓަކާ ކަމަށެވެ.
އެހެންވުމުން މާދަމާ ހެނދުނު 6:30 ފެށިގެން މަސައްކަތް ނިމެންދެން ބޮޑު ސަރަހައްދަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށެވެ. އެގޮތުން އިރުދެކުނު ސަރަހައްދުގެ 18 ޑިސްޓްރިބިއުޝަން ފޮއްޓަކުން ކަރަންޓް ކަނޑާލާނެ އެވެ،
- ފަންގި | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ސްޓޭޓް ހައުސް | ފާރުގައި ހަރުކޮށްފައިވާ ފޮށި
- މާފަލު ހިޔާ އިރުމަތި | ފާރުގައި ހަރުކޮށްފައިވާ ފޮށި
- މާފަލު ހިޔާ އުތުރު | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ލިންކް | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ސަލްވާ | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ޒާކޮން | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ޝާރކް | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ޢަބީރު | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ދައްސޫރަ | ފާރުގައި ހަރުކޮށްފައިވާ ފޮށި
- އެލްމާ | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ސަންވިލާ | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ސީޒާގެ | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ނޫރަލީ | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ރޭއަލިވާގެ | ފާރުގައި ހަރުކޮށްފައިވާ ފޮށި
- އަލަސްކާ | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ރެޑްސީ | ފާރުގައި ހަރުކޮށްފައިވާ ފޮށި
- ކުދިއަކިރިގެ | ފާރުގައި ހަރުކޮށްފައިވާ ފޮށި
ފެނަކަ އިން ބުނީ ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން، ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް ނިންވާލާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއްކަމުގައި އެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެފަރާތުން މައާފަށް އެދެ އެވެ. މާދަމާ ކުޅުދުއްފުށީގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކަނޑާލާއިރު މި ދުވަސް ވަރަކީ އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްވަރެއްކަން ފާހަގަކުރެވެ އެވެ.