twitterviber whatsapp telegramfacebookyoutube instagram
9th November 2026

ތަސްލީމާގެ ބަދިގެ: ކުލަބް ސަބްމެރިން

ނަބީލާ އިސްމާޢީލް
Apr 28, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ކުލަބް ސަބްމެރިން ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

  • 2 ސަބްމެރިން ބަނަސް
  • 1 ޖޯޑު މިކްސް މަސް (ކުކުޅު، ގެރި އަދި ސޮސެޖް ކޮށާލާފަ)
  • ތެޔޮ
  • 1/2 ފިޔާ (ހިމުންކޮށް ކޮށާލާފަ)
  • 1/2 ސ ސަމްސާ ގިތެޔޮމިރުސް
  • 1/2 ސ ސަމްސާ ލޮނުމެދު
  • 2 ސ ސަމްސާ ލީކްސް (ހިމުންކޮށް ކޮށާފަ)
  • 1/2 ސ ސަމްސާ ކުކުޅު ހަވާދު
  • ލޮނު (ރަހަލާވަރަށް)
  • 1/2 މުގުރި އަސޭމިރުސް
  • 2 ސ ސަމްސާ ސަބްމެރިން ސޯސް
  • 3 ސ ސަމްސާ ޗިލީ ގާލިކް ސޯސް
  • 2 ފޮތި ޗީޒް
  • 1/2 ޖޯޑު ސެލެޑް (ކެރެޓް، ކެބެޖް، މަޔޮނައިސް އެކޮށްލާފަ)

ތައްޔާރުކުރާނެ ގޮތް:

ތެޔޮފޮދެއްގައި މަަސްކޮޅު މުށިކުލަ އަރަންދެން ރަނގަޅަށް ހަނާކޮށްލާށެވެ. އެއަށްފަހު ފިޔާ، މިރުސް، ލޮނުމެދު، ލޮނު، ކުކުޅު ހަވާދު، އަސޭމިރުސް، ލީކްސް އަޅާ 5 ވަރަކަށް މިނެޓް ހަނާކޮށްލާށެވެ. ދެން ޗިލީ ގާލިކް ސޯސް އެއްކޮށްލާށެވެ. ސަބްމެރިން ބަނަސް މެދުން ވަކިނުވާނެހެން ފަޅާލާށެވެ. ދެން ސަބްމެރިން ސޯސް ހާކާލާފައި ސެލެޑްއެޅުމަށްފަހު މަސްގަނޑު އަޅާލާފައި ޗީޒްފޮތި ތިނެސްކަމަވާހެން ފަޅާލާފަ މަތީގައި ބާވާށެވެ. ދެން އަވަނުން ފިހެލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293