twitterviber whatsapp telegramfacebookyoutube instagram
28th June 2026

5939 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

May 4, 2022

މި އަހަރުގެ އޯލެވެލް އިމްތިހާނު 5939 ދަރިވަރުންނާއެކު މިއަދު ފަށައިފި އެވެ. އިމްތިހާނު ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.

މި އިމްތިހާނު ރާއްޖޭގެ 239 ސެންޓަރެއްގެ އިތުރުން ކޮލަންބޯގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި، މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ކުރިއަށް ދާނެއެވެ.

މިއަހަރު އޯލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އާޓް އެންޑް ޑިޒައިން ކިޔަވާ ދަރިވަރުންގެ އިމްތިހާނު މިދިޔަ އޭޕްރީލް މަހުގެ 13ވަނަ ދުވަހާއި 14ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އިމްތިހާނުގައި 181 ދަރިވަރަކު ވަނީ ބައިވެރި ވެފައެވެ.

މިއީ ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލުމަށް ފަހު، ބާއްވާ ފުރަތަމަ އޯލެވެލް އިމްތިހާނެވެ. 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށް ތަޢުލީމީ ދާއިރާއިން ތައްޔާރުވަމުން އަންނައިރު މިއަހަރުގެ ކިޔެވުންފަށާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 10 އެއްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355