އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވެ ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާބެހޭ ގައުމީ އިދާރާ (މެޓް )އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ.
ހއ އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ އެލާޓް ނެރެފައިވާއިރު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކޮށްފައެވެ.
Alert yellow for heavy rain, strong winds and rough seas pic.twitter.com/vkBRSYfdgU
— Maldives Meteorology (@MetMaldives) May 17, 2022
އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 15:00 އާއި ހަމައަށެވެ.