twitterviber whatsapp telegramfacebookyoutube instagram
8th July 2026

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތަކެއް ބެންކޮކަށް

May 22, 2022
1

ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދަށް ރާއްޖޭގެ ގައުމީ އެއާލައިންގެ ހާއްސަ ފްލައިޓްތަކެއް ތައިލެންޑްގެ ބެންކޮކަށް ބާއްވާ ގޮތަށް ތާވަލުކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ އީދަށް ހާއްސަ ފްލައިޓުތަކެއް ބެންކޮކަށް ތާވަލުކުރީ، އަންނަ މަހުގެ 19 ވަނަ ދުވަހު ބެންކޮކްގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅޭ މެޗާ ވެސް ގުޅުވައިގެން ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު އީދު ދުވަސް ވަނީ ޖުލައި 9 އަށެވެ. އަދި އީދުގެ ބަންދަށް، ހަފުތާ ބަންދު ދުވަސްތަކާއެކު ނުވަ ވަރަކަށް ދުވަސް ލިބެ އެވެ.

މޯލްޑިވިއަނުން ބެންކޮކަށް ތާވަލުކުރީ ދެ ފްލައިޓެކެވެ. އެއީ ޖުލައި 10 އަދި ޖުލައި 17 އެވެ. ރިޓާން ފެއާގެ ފެށޭ އަގަކީ މާލެ އިން ބެންކޮކަށް 430 ޑޮލަަރު، ބެންކޮކުން މާލެ އަށް 421 ޑޮލަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355