twitterviber whatsapp telegramfacebookyoutube instagram
3rd December 2025

އައިޓީއެފްސީގެ މެންބަރަކަށް ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފި

ޚަދީޖާ އާދަމް
May 25, 2022

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ މެމްބަރު ގައުމަކަށް ވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާދީފިއެވެ.

އައިޓީއެފްސީ އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން ރައްޔިތުންގެ އިގްސޯދީ އަދި އިޖްތިމާއީ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ. އެގޮތުން އައިޓީއެފްސީގެ މެންބަރު ގައުމަކަށް ވުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިކަން ލިބޭނެއެވެ.

އަދި އޯއައިސީގެ މެމްބަރު ގައުމުތަކުގެ މެދުގައި އިންޓްރާ ޓްރޭޑިންގެ ފުރުސަތުތައް ތަނަވަސްވެ، އާންމު ވިޔަފާރިތަކަށް ޓްރޭޑް ޕޮލިސީތަކާ ބެހޭގޮތުންނާއި އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން ލަފާ ލިބޭނެއެވެ. މީގެ އިތުރުން އައިޓީއެފްސީގެ މެންބަރު ގައުމަކަށް ވުމުން އާންމު ރޭޓުތަކަށް ވުރެ އަގުހެޔޮކޮށް މުދާ އިމްޕޯޓު ކުރުމުގެ މަގުފަހިވެ، އާންމު އަދި އަމިއްލަ ވިޔަފާރިތަކަށް ހެޔޮ އަގުގައި ފައިނޭންސް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355