twitterviber whatsapp telegramfacebookyoutube instagram
1st July 2025

ރިސޯޓްތަކުގެ ބިމު ކުލި ކުޑަ ނުކުރަން ނިންމައިފި

ޚަދީޖާ އާދަމް
May 26, 2022

ރިސޯޓުތަކުގެ ބިމުކުލި ކުޑަ ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމާއިގުޅިގެން މިހާރު މަޖިލީހަށް ހުށައަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން ކުލި ކުޑަކުރުމުގެ ބައި އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ބިމު ކުލި ކުޑަކުރަން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ފެށީ ރަޝިޔާ-ޔޫކްރެއިން ހަނގުރާ ފެށުމުގެ ކުރިން ކަމަށެވެ. އެހެންކަމުން މިހާރު ހާލަތު ބަދަލުވެފައި އޮތުމުން ކުރިން ހުށައަޅާފައި އޮތްގޮތަށް ބިލް ފާސްކުރަން ވިސްނުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އެގިތުން އިއްޔެ ރައީސް އޮފީހުގައި ބޭއްވި އިގްތިސާދީ ކޮމިޓީގައި ވަނީ ރިސޯޓް ކުލި ކުޑަކުރުމުގެ ހުށަހެޅުން އަނބުރާ ގެންދަން ރަސްމީކޮށް ނިންމައިފަ އެވެ.

ރިސޯޓު ކުލި ކުޑަކުރާ ބިލް މަޖިލީހުން ނަގަން ސަރުކާރުން ނިންމުމުގެ ކުރިން މި ބިލާ ގުޅޭ ގޮތުން އިގްތިސާދީ ކޮމިޓީގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ރިސޯޓުތަކުގެ ކުލި ކުޑަކުރުން ފަދަ ދައުލަތަށް އާމްދަނީ ދަށްވާ ކަންކަން މި ވަގުތު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގެ ތެރެއިން ރިސޯޓުތަކުގެ ކުލި ކުޑަކުރާ ނަމަ ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް ޓެކްސް އިދާރާ، މީރާއިން ވެސް ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355