twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިސްރަށްވެހިންނަށް "މިނިސްޓްރީ އޮފް ހެޕިނަސް" އުފައްދާނަން: ނާޒިމް

ޚަދީޖާ އާދަމް
May 26, 2022

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި އިސް ރަށްވެހިންނަށް "މިނިސްޓްރީ އޮފް ހެޕިނަސް" އުފައްދާނެ ކަމަށް އެ ޕާޓީގެ ވަގުތީ ލީޑަރު، ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ، އެމްއެންޕީ އުފެއްދުމުގެ ބޭނުންތަކުގެ ތެރެއިން އެއް ކަމަކީ ދިވެހިންނަކީ އުފާފާގަތިކަމާއި ބަޔަކަށް ބަރޯސާނުވެ ހިތްހަމަޖެހިގެން އުޅެވޭ ބަޔަކަށް ހެދުން ކަމަށެވެ.

އެމްއެންޕީން ރޭ ބޭއްވި "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ފުދުންތެރި ބަޔަކަށް މިއަދު އިސްރަށްވެހިން ނުވާ ކަމަށާއި އެ މީހުން ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށެވެ. އަދި ޕެންޝަން ސްކީމާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ފާހަގަވި މައްސަލަަތައް ރައްޔިތުންގެ މަޖިލީހަށް އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ނަމަވެސް އެ މައްސަލައަށް ބަހުސް ކުރުމެއް ނެތި ބޭރުކޮށްލި މައްސަލާގައި ނާޒިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވިގޮތުގައި ދުވަސްވީ މީހުންނަށް އަޅާލައި އެ މީހުންގެ ބަސް އިއްވާނެ ބަޔަކު ވެސް މިއަދަކު ނެތްކަމަށެވެ. އެމްއެންޕީން ވަނީ އިސް ރަށްވެހިންގެ ޖަމިއްޔާއާ ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް އަހާފައި ކަމަށާއި އެކަމަކު ދައުލަތުގެ ބަޖެޓްގެ ދަތިކަމާ ހުރެ އިސް ރަސް ރަށްވެހިންގެ ކަންބޮޑުވުންތައް ހައްލުކުރެވެން ނެތް ކަމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެމްއެންޕީގެ ސަރުކާރެއް އަތުވެއްޖެ ނަމަ، އިސް ރަށްވެހިންނަށް ހައްގު މަގާމު ހޯދައިދީ، އިނާޔަތްތައް ވެސް ދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355