twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ދަރަނި ދެއްކުމަށް ދައްޗެއް ނެތް، ބަޖެޓުގައިވާ ގޮތަށް ދަރަނި ދަނީ ދައްކަމުން: ރައީސް

ޚަދީޖާ އާދަމް
May 26, 2022

ރާއްޖޭގެ ދަރަނި ދެެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ބަޖެޓުގައިވާ ގޮތަށް ދަރަނި ދައްކަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ އިގްތިސާދީ ދަތިތަކެއް ހުރި ކަމުގައި ވިޔަސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، މިހާރު އޮތް ދަތިކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް މިހެން ވިދާޅުވީ ކްރޮސްރޯޑްސްގައި ރޭ އޮތް އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަދައްވަމުންނެވެ. ރައީސް ވިދާޅުވީ މި އަހަރާއި އަދި ކުރިއަށް އޮތް ދެ އަހަރު ވެސް އެއްވެސް ދަތިކަމެެއް ނެތި ދަރަނިތައް އަދާކުރަމުން ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ހިދުމަތްތައް ފާހަގަކުރައްވާ، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ 70 އިންސައްތަ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ދައުރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355