twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދިނުމަށް ރައީސް ނިންމަވައިފި

ޚަދީޖާ އާދަމް
May 28, 2022

ރަށު ކައުންސިލަރުން ހުށަހަޅާފައިވާ ގޮތަށް އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި އެ ނިންމެވުމާ އެކު 2018 ގައި އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 34 މިލިއަން ރުފިޔާ ލިބޭނެ އެވެ. ކުރިން ދެމުން އައީ، ކުލީގެ ދެބައިކުޅަ އެއްބަ އެވެ.

އެ މަނިކުފާނު އެ ގޮތަށް ނިންމެވީ އއ. އުކުޅަހުގައި ކުރިއަށް ގެންދާ "ވިޔަވަތި" ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކާއި ޝަކުވާތަކުގެ ހައްލަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2014 އިން ފެށިގެން އަތޮޅު ފިހާރަތަކުގެ ކުލި ޖަމާކޮށް ނުދޭ ކަމަށެވެ. ހުއްޓާލާފައި އޮތް އެ ނިންމުން ބަދަލުކޮށް ކުލި ދޭން ފެށީ މި ސަރުކާރުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ. އަމީރު ވިދާޅުވި ގޮތުގައި 2016 އާއި 2017 ގައި އަތޮޅު ފިހާރަތަކުގެ ކުލި ޖަމާކޮށްދިނުމަށް ފަހު ކޮވިޑާ އެކު އޮތީ މަޑުޖައްސާލައިފަ އެވެ.

އަތޮޅު ފިހާރަތަކަށް ކުލީގެ ގޮތުގައި 2016 ގައި ސަރުކާރުން ދޫކޮށްފައި ވަނީ 17.9 މިލިއަން ރުފިޔާ އެވެ. ޖެހިގެން އައި އަހަރު 20.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355