twitterviber whatsapp telegramfacebookyoutube instagram
9th August 2026

ފިނޭގައި ގާއިމް ކުރާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި

ޚަދީޖާ އާދަމް
Jun 1, 2022

ހދ. ފިނޭގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފި އެވެ.

މި ފެރީ ސްޓޮޕަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ”އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ. އެމްޓީސީސީން ހަދާފައިވާ މި ފެރީ ސްޓޮޕްގައި ކިއޮސްކްއަކާއި ވެއިޓިން އޭރިއާއަކާއި ފާހާނާ ހިމެނެ އެވެ.

އެގޮތުން ޒޯން 1ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. އެ އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލް ތަރައްގީ ކުރާނެ އެވެ.

ނޭކުރެންދޫ ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލި އިރު، އިހަވަންދޫއާއި ނާވައިދޫ ފެރީ ޓާމިނަލްގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ މިމަހުގެ މެދު ތެރޭގައި ނިންމާލައިފަ އެވެ.

އެ ފެރީ ޓާމިނަލްގައި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި ޕޭރެންޓް ރޫމަކާއި ލަގެޖް ރޫމަކާއި ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނަ ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355