twitterviber whatsapp telegramfacebookyoutube instagram
8th September 2026

900 ގަސް އިންދާއި 25 ޓަނުގެ ކުނި ނަގައިފި

އަބްދުލް ވާހިދު ޙަސަން
Jun 4, 2022
1

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމާއި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިހަރަކާތް ފައްޓަވައިދެއްވީ މޭޔަރު މުހައްމަދު އާތިފެވެ. މި ހަރަކާތުގައި މޭޔަރު އާތިފް ވަނީ ރަންނިކަ ގަހަކާއި މަގޫ ގަހެއް އިންދައިދެއްވާފަ އެވެ.

މި ހަރަކާތުގެ ތެރެއިން ސިޓީގެ ބައެއް ބޮޑެތި މަގުތަކާއި ބަނދަރު ސަރަހައްދުގައި ގަސް އިންދި އެވެ. އާންމުކޮށް އިންދާފައިވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ދިވެހި ގަސްތަކެވެ.

އެގޮތުން މިއަދުގެ ހަރަކާތުގައި 906 ގަސް އިންދި އެވެ. އެއީ 500 މަގުލާއި 200 ރަންނިކަ އާއި 30 މޫނި ގަހާއި ހިނރުދާއި ދިގަލުގެ 140 ގަހާއި 8 ކާނި ގަހެވެ.

މި ހަރަކާތުގެ ތެރެއިން ފުއްޓަރު ފަރާތުގެ ބޮޑު ސަރަހައްދަކުން ކުނި ނަގައި ސާފުވެސް ކުރި އެވެ. އެގޮތުން 25 ޓަނުގެ ކުނި ނެގި އެވެ.

ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ކުނީގެ ގޮތުގައި ސާފުކޮށްފައިވަނީ ޕްލާސްޓިކާއި ބިއްލޫރި ފަދަ ކުންޏެވެ. މި ހަރަކާތުގައި ޖުމްލަ 580 މީހުން ހަރަކާތްތެރިވި އެވެ.

ކުޅުދުއްފުށީގެ މުވައްސަސާތަކާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އިދާރާތަކުން ބޮޑު އެއްބާރުލެއް ލިބިގެންދިޔަކަން ފާހަގަކޮށް ސިޓީ ކައުންސިލުން އެފަރާތްތަކަށް ޝުކުރުއަދާކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293