twitterviber whatsapp telegramfacebookyoutube instagram
14th June 2026

ކުމުންދޫގައި ގާއިމްކުރާ ފެރީ ހަޓްގެ މަސައްކަތް ފަށައިފި

ޚަދީޖާ އާދަމް
Jun 6, 2022

ހދ. ކުމުންދޫގައި ގާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ފަށައިފި އެވެ.

އެމްޓީސީސީން ބުންީ މި މަސައްކަތް 1 ޖޫން 2022 ވަނަ ދުވަހު ފަށާފައިވާކަމަށާއި މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާހަނާވެސް ހުންނާނެއެވެ.

މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ގާއިމުކުރެވޭ ފެރީސްޓޮޕެކެވެ.

އެގޮތުން މިހާތަނަށް ނޭކުރެންދޫ، ނައިވާދޫ އަދި ފިނޭގައި ވަނީ ފެރީ ހަޓް ގާއިމްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355