twitterviber whatsapp telegramfacebookyoutube instagram
13th March 2025

އަހަރު ނިމޭއިރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި

ޚަދީޖާ އާދަމް
Jun 6, 2022

ރާއްޖޭގެ ރިޒާވް މި އަހަރު ނިމޭއިރު ހުންނާނީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އެގޮތުން ޑޮލަރުގެ އާމްދަނީ އިތުރުވަމުން ދިއުމާއެކު މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ކޮވިޑުގެ ކުރިން ހުރި ވަރުގައި ހިފެއްޓިފައި ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ކުރުމުއްދަތުގައި ދަރަނި ދެއްކުމަށް އެއްވެސް ގޮންޖެހުމެއް ނެތް ކަމަށާއި ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ތަކެތީގެ އަގުތައް މައްޗަށް ދިއުމުގެ ސަބަބުން ތެލާއި ކަރަންޓުގެ ސަބްސިޑީގެ ގޮތުގައި ކުރަންޖެހިފައިވާ ހަރަދު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރިޒާވް ހުސްވެ، ޑީފޯލްޓް ވެދާނެ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފުވާހަަކައެއް ކަމަށެވެ. މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭގޮތައް ދައްކާ ވާހަކަތަކެއްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355