twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގައުމީ ފެރީ ނިޒާމު ހދ: އެންމެ ދިގު ދަތުރަށް 100، އެންމެ ކުރު ދަތުރަކަށް 35 ރުފިޔާ

ޚަދީޖާ އާދަމް
Jun 11, 2022
3

ގައުމީ ފެރީ ނިޒާމު މެދުވެރިކޮށް ހދ. އަތޮޅުގައި ކުރާ ދަތުރުތަކުގެ އަގުތައް ހާމަކޮށްފި އެވެ. ފެރީ ދަތުރުތައް މިދިޔަ މެއި މަހު ފުރަތަމަ ފެށިއިރު ކޮށްދީފައިވަނީ އެއްވެސް އަގެއް ނުނަގައެވެ. ނަމަވެސް މިއަދުން ފެށިގެން ދަތުރުތަކަށް އަގު ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހދ. އަތޮޅުގައި ކުރާ ދަތުރުތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ދަތުރުކުރެވެނީ ހަނިމާދޫ - ނޮޅިވަރަންފަރު އަދި ނޮޅިވަރަންފަރު - ހަނިމާދޫ ދަތުރާއި، ފިނޭ - ހިރިމަރަދޫ އަދި ހިރިމަރަދޫ - ފިނޭ ދަތުރާއި، ކުރިނބީ - ހިރިމަރަދޫ އަދި ހިރިމަރަދޫ - ކުރިނބީ ދަތުރާއި، ނެއްލައިދޫ - ހިރިމަރަދޫ އަދި ހިރިމަރަދޫ - ނެއްލައިދޫ ދަތުރާއި، ނޮޅިވަރަމް - ހިރިމަރަދޫ އަދި ހިރިމަރަދޫ - ނޮޅިވަރަމް ދަތުރާއި، ކުޅުދުއްފުށި - ކުމުންދޫ އަދި ކުމުންދޫ - ކުޅުދުއްފުށި ދަތުރާއި، ނޮޅިވަރަމް - ކުޅުދުއްފުށި އަދި ކުޅުދުއްފުށި - ނޮޅިވަރަމް ދަތުރާއި، ނޭކުރެންދޫ - ކުޅުދުއްފުށި އަދި ކުޅުދުއްފުށި - ނޭކުރެންދޫ ދަތުރާއި، ނެއްލައިދޫ - ކުރިނބީ އަދި ކުރިނބީ - ނެއްލައިދޫ ދަތުރާއި، ނެއްލައިދޫ - ނާވައިދޫ އަދި ނާވައިދޫ - ނެއްލައިދޫ ދަތުރާއި، ވައިކަރަދޫ - ނޭކުރެއްދޫ އަދި ނޭކުރެންދޫ - ވައިކަރަދޫ ދަތުރާއި، ކުމުންދޫ - ނޭކުރެންދޫ އަދި ނޭކުރެންދޫ - ކުމުންދޫ ދަތުރާއި، ނޮޅިވަރަމް - ނޮޅިވަރަންފަރު އަދި ނޮޅިވަރަންފަރު - ނޮޅިވަރަމް ދަތުރެވެ. މިދަތުރުތަކުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 35 ރުފިޔާ އެވެ. ދަތުރުގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 65 ރުފިޔާ އެވެ.

އެންމެ އަގު ބޮޑީ މުޅިން ވަކިން އޮންނަ މަކުނުދޫ އަށް ކުރާ ދަތުރުތަކެވެ. ހދ. އަތޮޅުގެ ކޮންމެ ރަށަކުން މަކުނުދޫ އަށް ދަތުރުކުރި ނަމަވެސް އެއްކޮޅު ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ. މަކުނުދޫ އަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓުގެ އަގަކީ 200 ރުފިޔާ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ގައުމީ ފެރީ ނިޒާމު މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުގެ ދަށުން ފުރަތަމަ ދަތުރުތައް ފެށީ ހދ. އަތޮޅުގެ 13 ރަށް ފަސް ރޫޓަކުން ގުޅާލައިގެންނެވެ.

އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންގުޅޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އުޅަނދުތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355