twitterviber whatsapp telegramfacebookyoutube instagram
28th February 2026

ދިރާސީ އަހަރުގެ ކިޔެވުން ބަދަލުކުރުމުގެ ވިސްނުމެއް ނެތް

އަބްދުލް ވާހިދު ޙަސަން
Jun 13, 2022

ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ތާރީހާއި ނިމޭ ތާރީހް ބަދަލުކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ޑރ އައިޝަތު އަލީ މިހެން ދިރާސީ އަހަރުގެ ކިޔެވުން ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާތޯ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، ދިރާސީ އަހަރުގެ ކިޔެވުން ފެށުން މިހާރު މިއޮތްގޮތަށް އަހަރުގެ މެދުތެރެއަށް ބަދަލުކުރީ އެކަމުގެ ދިރާސާއެއް ކުރުމަށްފަހުކަމަށެވެ. އަދި އެ ނިންމުން ނިންމީ ކޮވިޑް-19ގެ ހާލަތަށް ބަލައި އެންމެ ރަނގަޅުގޮތަކީ އެއީކަމަށް ފެންނާތީކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކުރިން އޮތްގޮތަށް މީލާދީ އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅުއްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، ދިރާސީ އަހަރު ކޮންމެ އަހަރަކު އެއްފަހަރު ބައްދަލުކުރުމަކީ ދަރިވަރުންނަށް ވަރަށް ގެއްލުންވާނެކަމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355