twitterviber whatsapp telegramfacebookyoutube instagram
17th January 2026

މިދިޔަ އަހަރު މޯލްޑިވިއަން އަށް 159 މިލިއަން ރުފިޔާގެ ގެއްލުން

ޚަދީޖާ އާދަމް
Jun 14, 2022

ގައުމީ އެއާލައިން މޯލްޑިވިއަން އަށް މިދިޔަ އަހަރު ވި ގެއްލުން 159 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެ ކުންފުންޏަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގަ އެވެ. އެ ކުއާޓާގައި އެ ކުންފުންޏަށް 99 މިލިއަން ރުފިޔާގެ ގެއްލުން ވި އެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުން ހުއްޓާލުމާ ގުޅިގެން 2020 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވި އެވެ. އެ އަހަރު 400 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބެނީ ޑޮމެސްޓިކް ދަތުރުތަކުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީ ކޮށްފައިވާ 16 އެއާޕޯޓުގެ ތެރެއިން 13 އެއާޕޯޓަށް މޯލްޑިވިއަން އިން އަންނަނީ ދަތުރު ކުރަމުންނެވެ.

އެ ކުންފުންޏަށް ކުރިއަށް އޮތްތަނުގައި ފައިދާ ހޯދުމަށް ކުންފުނީގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވެސް އެ ކުންފުނީގެ ހަރަދުތައް ވަނީ 21 ޕަސެންޓް ބޮޑުވެފަ އެވެ. އެހެން ހަރަދުތައް ކުރަން ވަރަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355