twitterviber whatsapp telegramfacebookyoutube instagram
14th July 2026

ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ފެނަކައިން ތައާރަފްކުރަނީ

Jun 16, 2022

ހެޔޮ އަގެއްގައި ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ތައާރަފްކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.

ފެނަކައިން ބުނީ މީޓަރު ޓެސްޓް ކުރުމުގެ ހިދުމަތް މި މަސް ނިމުމުގެ ކުރިން ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި ހިދުމަތް ތައާރަފް ކުރުމުން މިހާރު ރައްޔިތުންނަށް އެ ހިދުމަތް ލިބޭ އަގަށްވުރެ އެތަށް ގުނައެއް އަގު ހެޔޮވެ މިހާރު ހިދުމަތަށް ނަގާ މުއްދަތަށް ވުރެ އަވަސްކޮށް ހިދުމަތް ލިބޭނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

ފެނަކައިން ބުނީ ކަރަންޓް މީޓަރ ޓެސްޓް ކުރުން މުޅި ރާއްޖޭގައި އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް މިހާރަށްވުރެ އަވަސް މަގުން މީޓަރު ޓެސްޓްކޮށް ރައްޔިތުންނަށް އެކަށީގެންވާ އަވަސް މިނުގައި ދެމެހެއްޓެނިވި ހިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ފެނަކައިން ވަނީ މީޓަރ ޓެސްޓިން ބެންޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ.

އެ ހިދުމަތުގެ އަގު އަދި ފެނަކައިން ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އަންނަ ހަފުތާގައި މި ހިދުމަތުގެ އަގު ފެނަކައިން އާންމުކުރާނެކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355