twitterviber whatsapp telegramfacebookyoutube instagram
18th September 2026

ދަރުސް ދިނުމަށް ހުއްދައަށް އެދެވޭ "ދަރުސް ޕޯޓަލް" އިފްތިތާހު ކޮށްފި

ނަބީލާ އިސްމާޢީލް
Jun 16, 2022

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ "ދަރުސް ޕޯޓަލް" ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

”ދަރުސް ޕޯޓަލް”އަކީ ދަރުސް އިންތިޒާމުކުރާ ފަރާތްތަކާއި، ދަރުސް ދިނުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ހުއްދަ ހޯދުމުގެ އިންތިޒާމު ހަމަޖެހިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލް އެކެވެ.

ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓްރީގެ ”ދަރުސް ޕޯޓަލް” އިފްތިތާހު ކޮށްދެއްވީ މިނިސްޓަރު އަހުމަދު ޒާހިރު އަލީ އެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ދަރުސް ޕޯޓަލްގައި ރެޖިސްޓްރީކޮށް، ހުއްދައަށް އެދުމުން އެސްއެމްއެސްއެއް މެދުވެރިކޮށް ހުއްދަ ލިބުނުކަން ހުއްދައަށް އެދުނު ފަރާތަށް އެނގިގެންދާނެ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ދީނީ އިލްމުވެރިންނާއި ޖަމުއިއްޔާ ޖަމާއަތްތަކަށާއި، ކައުންސިލްތަކަށް ހުއްދައަށް އެދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދަރުސް ބޭއްވުމުގެ ހުއްދަ ހޯދުމަށްފަހު ހުއްދަ ދެވިފައިވާ ގޮތަށް، ދަރުސް ބޭއްވުނުކަން ނުވަތަ ނޫންކަން ޕޯޓަލް މެދުވެރިކޮށް އެންގުމުގެ އިންތިޒާމް ޕޯޓަލްތެރެއިން ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ދަރުސް ދިނުމަށް ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންޖެހޭނީ ފޯމެއް މެދުވެރިކޮންނެވެ. ނަމަވެސް އެ ޕޯޓަލްއާއިއެކު ކުރިއަށްވުރެ ފަސޭހައިން ހުއްދައަށް އެދެވޭއިރު ފޯމެއް ހުށަހަޅަން ނުޖެހޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293