twitterviber whatsapp telegramfacebookyoutube instagram
21st September 2026

ބައިނަލްއަގްވާމީ ދަތުރުތަކުގައި މާސްކް އަޅަން އަންގައިފި

ނަބީލާ އިސްމާޢީލް
Jun 16, 2022

އިންޓަނޭޝަނަލް ދަތުރުތައް ކުރާ ފަސިންޖަރުން މާސްކް އަޅަން ގައުމީ އެއާލައިން މޯލްޑިވިއަން އިން އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވަމުން ދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހޯމަ ދުވަހު ވަނީ އެދިފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އެޅުމަށް އެ އިދާރާ އިން ވަނީ އެދެފަ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިންޓަނޭޝަނަލް ދަތުރުތަކަށް ދާ ފަސިންޖަރުން މާސް އަޅަން ޖެހޭނެ ކަމަށެވެ.

ކޮވިޑް 19ގެ ކޭސްތައް އިތުރުވެފައިވާއިރު ރާއްޖޭގައި އާންމުކޮށް މީހުންނަށް ދިމާވާ އާންމު ބަލިތައް ވެސް މިދުވަސްވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

އެގޮތުން ފާއިތުވި މެއި މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓްކޮށްފައި ވަނީ މުޅިއަކު 15 މީހުން ނަމަވެސް، އިއްޔެ އާ ހަަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293