twitterviber whatsapp telegramfacebookyoutube instagram
26th June 2026

ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް އާސަންދައަށް ހަރަދުވެއްޖެ

ޚަދީޖާ އާދަމް
Jun 18, 2022

މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ހަރަދުކުރުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ހަރަދުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިމަހުގެ ނުވަވަނަ ދުވަހާ ހަމައަށް 795 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވެއެވެ. އާސަންދަ އަށް މި އަހަރު ބަޖެޓުކޮށްފައިވަނީ 730 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން މިއަހަރު ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީއަށް 1.44 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު މިހާތަނަށް 1.46 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

ސަބްސިޑީއަށް ސަރުކާރުން ކުރަންޖެހޭ ހަރަދު އިތުރު ވެފައިވަނީ ތެލާއި އެހެނިހެން އަސާސީ މުދަލުގެ އަގު ދުނިޔޭގެ ބާޒާރުގައި މައްޗަށް ދިއުމުންނެވެ. ސަރުކާރުގެ ސަބްސިޑީގެ ސިޔާސަތު އަލުން މުރާޖައާ ކުރައްވާ ޓާގެޓެޑް ސަބްސިޑީއަކާ ދިމާލަކަށް ދިއުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355