twitterviber whatsapp telegramfacebookyoutube instagram
22nd September 2026

އިތުރު ގަޑީގައި މަސައްކަތް ކުރުމާއި އާ އެލަވަންސް ދިނުން މަޑުޖައްސާލަން އަންގައިފި

Jun 20, 2022

ސަރުކާރު އޮފީސްތަކުން އާ މަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ހަރަދު ކުޑަ ކުރުމުގެ ގޮތުން ބަޖެޓުން ހަރަދު ކުރާ އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި މުއައްޒަފުންނަށް މި އަހަރު އެއްވެސް އާ އެލަވަންސެއް ދޭން ނުފެށުމަށް ފިނޭންސުން އެންގީފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ސަރުކާރު އޮފީސްތަކަށް އިއްޔެ ފޮނުވި ސާކިއުލާގަ އެވެ.

އެގޮތުން ސާކިއުލާގައި ބުނެފައި ވަނީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުން ދާ ކަމަށާއި އޭގެ ސަބަބުން އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަރަށް ބޮޑަށް ހަނިވަމުން ދާ ކަމަށެވެ. އަދި ހަރަދުތައް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވާނަމަ އޭގެ ބުރަ އުފުލަން ޖެހޭނެ ކަމަށް އެ ސާކިއުލާގައި ބުނެފައި ވެ އެވެ.

އެ މިނިސްޓްރީގެ ހުއްދަ ނުހޯދައި އެއްވެސް ޕްރޮމޯޝަނެއް ނުދިނުމާއި ރަސްމީ ގަޑިން ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ފިޔަވައި އިތުރު ގަޑީގެ މަސައްކަތް ނުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކުން މިއަދުން ފެށިގެން އެ ސާކިއުލާ އަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293